Loading...
Language: Dhivehi
ރަސޫލުﷲ ﷺ ގެ އަރިހަށް މީހަކު އައިސް ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ. ﷲ ގެ ޙަޟްރަތުން ކަމަކަށް އެދި ދަންނަވާއިރު އަޅުގަނޑު ކިޔަންވީ ކީކޭތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: "މިފަދައިން ކިޔާށެވެ:"
اَللَّهُمَّ اغْفِرْ لِي وَارْحَمْنِيْ وَعَافِنِيْ وَارْزُقْنِيْ
އޭ ﷲ! މިއަޅާއަށް ފާފަފުއްސަވާނދޭވެ! އަދި މިއަޅާއަށް ރަޙްމަތް ލައްވާނދޭވެ! އަދި މިއަޅާއަށް ޢާފިޔަތު ދެއްވާނދޭވެ! އަދި މިއަޅާއަށް ރިޒްޤު ދެއްވާނދޭވެ!
Reference: ޞަޙީޙް. އިބްނު މާޖާ: ٣٨٤٥