Loading...
Language: Dhivehi
ހެނދުނާއި ހަވީރު މި ދުޢާ ކިޔާށެވެ:
اَللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ، اَللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِيْ وَدُنْيَايَ وَأَهْلِيْ، وَمَالِيْ، اَللَّهُمَّ اسْتُرْ عَوْرَاتِيْ، وَآمِنْ رَوْعَاتِيْ، اَللَّهُمَّ احْفَظْنِي مِنْ بَيْنِ يَدَيَّ وَمِنْ خَلْفِي وَعَنْ يَمِيْنِيْ وَعَنْ شِمَالِي وَمِنْ فَوْقِيْ وَأَعُوْذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِيْ
އޭ ﷲ! ދުނިޔެއާއި އާޚިރަތުގެ ޢާފިޔަތަށް އެދި މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ. އޭ ﷲ! މިއަޅާގެ ދީނާއި، ދުނިޔެއާއި، އަހލުވެރިންނާއި، މުދަލުގެ ރައްކާތެރިކަމާއި ޢާފިޔަތަށް އެދި މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން ދަންނަވަމެވެ. އޭ ﷲ! މިއަޅާގެ ޢައިބުތައް ވަންހަނާކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ބިރުވެރިކަން އަމާންކަމަށް ބަދަލުކޮށްދެއްވާނދޭވެ! އޭ ﷲ! މިއަޅާގެ ކުރިމަތިންނާއި، ފަހަތުންނާއި، ކަނާތްފަރާތުންނާއި، ވާތްފަރާތުންނާއި، މަތިން މިއަޅާ ރައްކާތެރިކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ދަށުން (ބިންގަނޑު ގަނބައިގެން ދިއުންފަދަ ކަމަކުން) މިއަޅާ ހަލާކުވެދިއުމުން އިބަރަސްކަލާނގެ ޢަޘަމަތްތެރިކަން މެދުވެރިކޮށް ރައްކާތެރިކަމަށް އެދެމެވެ.
Reference: ޞަޙީޙް. އަބޫ ދާވޫދު: ٥٠٧٤