Loading...
Language: Dhivehi
އެއް ފަހަރު ކިޔާށެވެ -
اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾
އަލލްލަހު ލއަ އިިލަހަ އިިލއްއަ ހުވަ އލްޙަޔްޔު އލްޤަޔްޔުވމު ލއަ ތައްޚުޛުހު ސިނަތުން ވަލއަ ނަވްމުން ލަހު މައ ފިޔ އލސްސަމައވައތި ވަމައ ފިޔ އލްއަރްޟި މަން ޛައ އލްލަޛިޔ ޔަޝްފަޢު ޢިންދަހު އިިލއްއަ ބިއިިޛްނިހި ޔަޢްލަމު މައ ބަޔްނަ އަޔްދިޔހިމް ވަމައ ޚަލްފަހުމް ވަލއަ ޔުޙިޔޠުވނަ ބިޝަޔްއިން މިން ޢިލްމިހި އިިލއްއަ ބިމައ ޝައއަ ވަސިޢަ ކުރްސިޔްޔުހު އލސްސަމައވައތި ވައލްއަރްޟަ ވަލއަ ޔައިުވދުހު ޙިފްޡުހުމައ ވަހުވަ އލްޢަލިޔްޔު އލްޢަޡިޔމު
ﷲ އީ އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާ ރަސްކަލާނގެއެވެ. އެކަލާނގެއީ ދިރިދެމިވޮޑިގެންވާ، ޤައްޔޫމްވަންތަ ރަސްކަލާނގެއެވެ. (އެބަހީ: އެކަލާނގެ ޒާތުފުޅައިގެން ޤާއިމުވެވޮޑިގެންވާ، އަދި އެހެން ފަރާތްތައް ޤާއިމުކުރައްވާ ރަސްކަލާނގެއެވެ.) އަވަހާރަފުޅު އައުމެއް އަދި، ނިދިޖެހުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކާއި ބިމުގައި ވާހާ އެއްޗެއް މިލްކްވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ އިޛުނަފުޅާ ނުލައި، އެކަލާނގެ ޙަޟްރަތުގައި ޝަފާޢަތްތެރި ވާނީ ކާކުހެއްޔެވެ؟ އެބައިމީހުންގެ ކުރިމަތީގައި ވާހާކަމަކާއި، އެބައިމީހުންގެ ފަހަތުގައި ވާހާކަމެއް (އެބަހީ: އިސްވެދިޔަހާ ކަމަކާއި ފަހުން ވާނޭހާ ކަމެއް) އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ އިރާދަކުރެއްވި ކަމެއް މެނުވީ، އެކަލާނގެ ޢިލްމުފުޅުގެ ތެރެއިން އެއްވެސް ކަމެއް އެބައިމީހުންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ ކުރުސި، އުޑުތަކާއި ބިމުގެ ތަނަވަސްކަމަށްވުރެ ތަނަވަސްވެގެންވެއެވެ. އަދި އެ އުޑުތަކާއި ބިން ރައްކާތެރިކުރެއްވުމަށް އެކަލާނގެއަށް ބުރައެއް، އުނދަގޫފުޅެއް ނުވެއެވެ. އަދި އެކަލާނގެއީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެއެވެ.
Reference: ބުޚާރީ: 2311