Loading...
Language: Dhivehi
ކޮންމެ ސޫރަތެއް ٣ ފަހަރު ކިޔާށެވެ:
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾
ބިސްމިﷲއްރަޙްމާނިއްރަޙީމް. ޤުލް ހުވަﷲު...
ބިސްމިﷲއްރަޙްމާނިއްރަޙީމް. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ﷲ އެވެ. އެކަލާނގެއީ އެއްކައުވަންތަ ރަސްކަލާނގެއެވެ. ﷲ އީ އެންމެހައި ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެކަލާނގެ އެއްވެސް އެއްޗަކަށް ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. އެކަލާނގެއަށް ދަރިކަލަކު ލިބިވޮޑިގެންނުވެއެވެ. އަދި އެކަލާނގެ (އެއްވެސް ފަރާތަކުން) އުފަންވެވޮޑިގެންނުވެއެވެ. އަދި އެކަލާނގެއާ އެއްފަދަވެގެންވާ ހަމައެއްވެސް މީހަކު ނުވެއެވެ. ބިސްމިﷲއްރަޙްމާނިއްރަޙީމް. ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. އެކަލާނގެހެއްދެވިހާ ތަކެއްޗެއްގެ ނުބައިކަމުންނެވެ. އަދި ރޭގަނޑުގެ އަނދިރިކަން ވެރިވެއްޖެހިނދު، އެ ރޭގަނޑުގެ ނުބައިކަމުންނެވެ. އަދި ގޮށްތަކަށް ފުމޭ މީހުންގެ (އެބަހީ: ސިޙުރުވެރިންގެ) ނުބައިކަމުންނެވެ. އަދި ޙަސަދަވެރިޔަކު ޙަސަދަވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންނެވެ. ބިސްމިﷲއްރަޙްމާނިއްރަޙީމް. ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. މީސްތަކުންގެ އިލާހުގެ ޙަޟްރަތުންނެވެ. ވަސްވާސްދޭ ޝައިޠާނާގެ ނުބައިކަމުންނެވެ. އެކަލޭގެއީ (ﷲ ގެ ޛިކުރު ކުރާހިނދު) ފަހަތަށް ޖެހި ފިލާ ޝައިޠާނާއެވެ. އެކަލޭގެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިޠާނާއެވެ. (އެކަލޭގެ ވަނީ) ޖިންނީންގެ ތެރެއިންނާއި މީސްތަކުންގެ ތެރެއިންނެވެ.
Reference: ޙަސަން (އަލްބާނީ). އަބޫ ދާވޫދު: 5082