Loading...
Language: Dhivehi
އަލްޙަސަން ބިން ޢަލީ (ރ.ޢ) ރިވާކުރެއްވިއެވެ: ރަސޫލާ (ﷺ) ތިމަންކަލޭގެފާނަށް، ވިތުރި ނަމާދުގައި ކިޔުމަށް ކަލިމަތަކެއް ދަސްކޮށްދެއްވިއެވެ -
اَللَّهُمَّ اهْدِنِيْ فِيمَنْ هَدَيْتَ وَعَافِنِي فِيمَنْ عَافَيْتَ وَتَوَلَّنِيْ فِيمَنْ تَوَلَّيْتَ وَبَارِكْ لِي فِيمَا أَعْطَيْتَ وَقِنِي شَرَّ مَا قَضَيْتَ فَإِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ إِنَّهُ لَا يَذِلُّ مَنْ وَالَيْتَ وَلَا يَعِزُّ مَنْ عَادَيْتَ تَبَارَكْتَ رَبَّنَا وَتَعَالَيْتَ
އލލްލަހުމްމަ އހްދިނިޔ ފިޔމަން ހަދަޔްތަ، ވަޢައފިނިޔ ފިޔމަން ޢައފަޔްތަ، ވަތަވަލްލަނިޔ ފިޔމަން ތަވަލްލަޔްތަ، ވަބައރިކް ލިޔ ފިޔމައ އަޢްޠަޔްތަ، ވަޤިނިޔ ޝަރްރަ މައ ޤަޟަޔްތަ، ފައިިންނަކަ ތަޤްޟިޔ ވަލއަ ޔުޤްޟަޔ ޢަލަޔްކަ، އިިންނަހު ލއަ ޔަޛިލްލު މަން ވައލަޔްތަ، [ވަލއަ ޔަޢިޒްޒު މަން ޢައދަޔްތަ]، ތަބައރަކްތަ ރަބްބަނައ ވަތަޢައލަޔްތަ
އޭ ﷲ! އިބަރަސްކަލާނގެ ތެދުމަގު ދެއްކެވި މީހުންގެ ތެރޭގައި މިއަޅާއަށް ތެދުމަގު ދައްކަވާނދޭވެ. އަދި ޢާފިޔަތު ދެއްވި މީހުންގެ ތެރޭގައި މިއަޅާއަށް ޢާފިޔަތު ދެއްވާނދޭވެ. އަދި އިބަރަސްކަލާނގެ އެހީތެރިވެވަޑައިގެންނެވި މީހުންގެ ތެރޭގައި މިއަޅާއަށް އެހީތެރިވެވޮޑިގަންނަވާނދޭވެ. އަދި އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ތަކެތީގައި ބަރަކާތް ލައްވާނދޭވެ. އަދި އިބަރަސްކަލާނގެ ކަނޑައަޅުއްވާފައިވާ ކަންތައްތަކުގެ ނުބައިކަމުން މިއަޅާ ރައްކާތެރިކުރައްވާނދޭވެ. ފަހެ، ހަމަކަށަވަރުން ޙުކުމް ކުރައްވަނީ އިބަރަސްކަލާނގެއެވެ. އަދި އިބަރަސްކަލާނގެ މައްޗަކަށް ޙުކުމެއް ނުކުރެއްވެވޭނެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެ އެހީތެރިވެވަޑައިގެންފި މީހަކު ނިކަމެތި ނުވާނެއެވެ. އަދި އިބަރަސްކަލާނގެ ޢަދާުވާތްތެރިވެވަޑައިގެންފި މީހަކަށް ޢިއްޒަތެއް ނުލިބޭނެއެވެ. އަޅަމެންގެ ވެރިރަސްކަލާނކޮ! އިބަރަސްކަލާނގެ ބަރަކާތްތެރިވެ މަތިވެރިވެވޮޑިގެންވެއެވެ.
Reference: ޞަޙީޙް (އަލްބާނީ). އަބޫ ދާވޫދު: 1425